0 comments 198 views
ކޮމަންވެލްތު ސަމިޓުގައި ރާއްޖެ ތަމްސީލުކުރައްވައި، ގުޅުންތައް ބަދަހިކުރެއްވުމަށް ނައިބު ރައީސް ފުރާވަޑައިގެންފި
31 އޮކްޓޯބަރ 2026 (ހޮނިހިރު)   05:09
ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިންގެ 28 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފް އެންޓީގާ އެންޑް ބާބިއުޑާއަށް މިއަދު ފުރާވަޑައިގެންފިއެވެ.

ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިންގެ 28 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފް އެންޓީގާ އެންޑް ބާބިއުޑާއަށް މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މި ބައްދަލުވުމުގެ ތެރޭގައި ހިމެނޭ މުހިންމު ދަންފަޅިތަކާއި ހަވާސާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، ދިވެހިރާއްޖޭގެ ފަރާތުން މުހިންމު ބަޔާންތައް އިއްވެވުމަށް ނައިބު ރައީސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ސަމިޓުގެ މަތީ ފަންތީގެ މަޝްވަރާތަކުގައި ވެސް އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މިއަހަރުގެ ނޮވެމްބަރު މަހުގެ 1 އިން 4 އަށް ކުރިއަށްދާ މި ބައްދަލުވުން ބާއްވަނީ "އެކްސެލެރޭޓިންގ ޕާޓްނަރޝިޕްސް އެންޑް އިންވެސްޓްމަންޓް ފޯރ އަ ޕްރޮސްޕަރަސް ކޮމަންވެލްތު" މި ޝިއާރުގެ ދަށުންނެވެ. މި ބައްދަލުވުން އަންނަ އާދިއްތަ ދުވަހު ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ދެމިގެންދާނެއެވެ.

މި ސަމިޓުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ މެންބަރު ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް ފުރުސަތު ފަހިކުރުމަށެވެ. އަދި އެންމެންގެ ބައިވެރިވުން ހިމެނޭ ފަދަ އިގްތިސާދީ ދުވެއްޔެއް ބިނާކުރުމާ މެދު ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.

ރައީސް އޮފީހުން ފާހަގަކުރެއްވި ގޮތުގައި، މިއީ ދުނިޔޭގެ އިގްތިސާދީ، ތިމާވެށީގެ އަދި ސަލާމަތީ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ގައުމުތަކުގެ އެއްބާރުލުން އިތުރުކުރުމަށް މެންބަރު ގައުމުތަކަށް ލިބޭ އަގުހުރި މަންސައެކެވެ.

މީގެއިތުރުން، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ގައުމުތަކުގެ ވިލުންވެރިކަން ވަރުގަދަކުރުމަށާއި، ބައިނަލްއަގުވާމީ ވިޔަފާރި ފުޅާކުރުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅޭނެ އަމަލީ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް މި ސަމިޓުގައި މެންބަރު ގައުމުތަކުން މަޝްވަރާކޮށް ގޮތްތައް ނިންމާނެއެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް