0 comments 117 views
ގައުމީ ސަލާމަތް ވަރުގަދަކުރަން އެންސީޓީސީގެ ޑިރެކްޓާ ޖެނެރަލަކަށް މޫސާ އަލީ ޖަލީލް ރައީސް އައްޔަންކުރައްވައިފި
31 އޮކްޓޯބަރ 2026 (ހޮނިހިރު)   06:50
ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ކުރީގެ ދިފާއީ ވަޒީރު މޫސާ އަލީ ޖަލީލް، ރައީސުލްޖުމްހޫރިއްޔާ އިއްޔެ އައްޔަންކުރައްވައިފިއެވެ.

އެންސީޓީސީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ މީހުން އައްޔަންކުރައްވާ މަގާމެކެވެ. މޫސާ އަލީ ޖަލީލަކީ ދިވެހި އަސްކަރިއްޔާއަށާއި ދައުލަތަށް ދިގު މުއްދަތަކަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ އަދި ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވާފައިވާ ބޭފުޅެކެވެ.

އެންސީޓީސީ އަކީ ޓެރަރިޒަމްގެ ނުރައްކާތަކުން ރާއްޖެ ސަލާމަތްކުރުމަށާއި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށްޓަކައި 2016 ވަނަ އަހަރު އުފައްދާފައިވާ މުހިންމު އިދާރާއެކެވެ. މި އިދާރާ ހިންގަމުން އަންނަނީ ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ.

އަލަށް މަގާމާ ހަވާލުވެވަޑައިގެންނެވި މޫސާ އަލީ ޖަލީލަކީ ދިވެހި އަސްކަރިއްޔާގައި 32 އަހަރު ވަންދެން ހިދުމަތް ކުރައްވައި، މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނަވައި ފެބްރުއަރީ 9، 2012 ގައެވެ.

ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލުގެ ދިފާއުގައި، ހާއްސަކޮށް ނޮވެމްބަރު 3، 1988 ގައި ދިން އުދުވާނީ ހަމަލާގައި ގައުމަށްޓަކައި އެމަނިކުފާނު ދެއްކެވި ހިތްވަރާއި ސާބިތުކަމަށްޓަކައި ނޮވެމްބަރު ތިނެއްގެ މެޑެއްޔާއި ރައީސްގެ މެޑެލް ފަދަ ޝަރަފުވެރި އެކި މެޑަލްތައް ވަނީ ލިބިވަޑައިގެންފައެވެ.

މީގެއިތުރުން ގައުމަށް ކޮށްދެއްވި އަގުހުރި މަތިވެރި ހިދުމަތުގެ އަގުވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ދައުލަތުގެ މަތިވެރި ޝަރަފެއް ކަމަށްވާ 'ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް' އެމަނިކުފާނަށް އަރުވާފައެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް