0 comments 195 views
އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖިންސީ ގޯނާގެ މައްސަލައެއްގައި ހައްޔަރުކޮށްފި
2 ނޮވެމްބަރ 2026 (ހޯމަ)   17:23
އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖިންސީ ގޯނާގެ މައްސަލައެއްގައި ހައްޔަރުކޮށްފި

އެނގިފައިވާ ގޮތުގައި ޝާހިދު ހައްޔަރުކޮށްފައިވަނީ ހުޅުމާލޭންނެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހ. ރަބީއީމަންޒިލް/މާލެ، އަބްދުﷲ ޝާހިދު (64އ) މިރޭ 21:59 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޝާހިދު ހައްޔަރު ކުރަން ފުލުހުން އެގެއަށް ވަން ހަބަރު މީޑިއާތަކުން ރިޕޯޓް ކުރުމާއެކު އޭނާ ވަނީ ޖިންސީ ގޯނާ ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށް "އެކްސް"ގައި ޕޯސްޓެއް ވެސް ކޮށްފައެވެ.

އެގޮތުން ޝާހިދު ވިދާޅުވީ، "އަޅުގަނޑުގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެވެ. މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދެމެވެ."

ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ އެ ޕޯސްޓް ކުރިތާ ގާތްގަނޑަކަށް 30 ވަރަކަށް މިނެޓު ފަހުންނެވެ.

މި މައްސަލައިގައި ޝާހިދު ހައްޔަރުކޮށްފައިވާއިރު، އޭނާ ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ވެސް ނިންމަވާފައެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް