0 comments 75 views
ބޭރު ފައިސާގެ މުއާމަލާތްތައް ހަރުދަނާކޮށް ބެލެހެއްޓުމަށް އެމްއެމްއޭއިން ޒަމާނީ ޑިޖިޓަލް ނިޒާމެއް ތައާރަފުކޮށްފި
6 ނޮވެމްބަރ 2026 (ހުކުރު)   06:23
ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ ހަރަކާތްތައް ހަރުދަނާކަމާއެކު ބަލަހައްޓައި، މާލީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޒަމާނީ އާ ސިސްޓަމެއް ތައާރަފުކޮށްފިއެވެ.

ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ ހަރަކާތްތައް ހަރުދަނާކަމާއެކު ބަލަހައްޓައި، މާލީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޒަމާނީ އާ ސިސްޓަމެއް ތައާރަފުކޮށްފިއެވެ.

"މަނީ ޗޭންޖާ ސިސްޓަމް" ގެ ނަމުގައި ތައާރަފުކުރި މި ޑިޖިޓަލް ޕްލެޓްފޯމް ރަސްމީކޮށް އިފުތިތާހު ކޮށްދެއްވީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީ އެވެ. މި ސިސްޓަމަކީ މަނީ އެކްސްޗޭންޖިން ވިޔަފާރިކުރާ ފަރާތްތަކުގެ އިދާރީ އަދި އޮޕަރޭޝަނަލް މަސައްކަތްތައް ޒަމާނީ ފެންވަރަކަށް ގެންދިއުމަށް ޑިޖިޓަލްކޮށް ފަރުމާކޮށްފައިވާ ނިޒާމެކެވެ.

އެމްއެމްއޭއިން ނިންމާފައިވަނީ، މަނީ އެކްސްޗޭންޖް ކުރުމުގެ ލައިސަންސް އޮންނަ ހުރިހާ ފަރާތްތަކަކުން ވެސް ކުރާ މުއާމަލާތްތައް ރެކޯޑްކޮށް ރިޕޯޓް ކުރުމަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި އާ ސިސްޓަމް ބޭނުންކުރަން ޖެހޭ ގޮތަށެވެ.

އެ އިދާރާއިން ބަޔާންކުރި ގޮތުގައި، މި ސިސްޓަމްގެ ސަބަބުން އިދާރީ މަސައްކަތްތައް އޮޓޮމޭޓް ކުރެވި، އެމްއެމްއޭ އާއި ލައިސަންސް ލިބިފައިވާ ފަރާތްތަކާ ދެމެދު ކުރެވޭ މުއާމަލާތްތައް އަވަސްވެ ފަސޭހަވެގެންދާނެއެވެ. އަދި ބޭރު ފައިސާ މާރުކުރުމާ ގުޅޭ މައުލޫމާތުތައް ފަސޭހަކަމާއެކު ރެކޯޑްކޮށް އެމްއެމްއޭއަށް ހިއްސާކުރުމުގެ ފުރުސަތު ވެސް މި ނިޒާމުން ފަހިވެގެންދެއެވެ.

މި ޒަމާނީ ނިޒާމުގެ ސަބަބުން މަނީ އެކްސްޗޭންޖިން ވިޔަފާރިތަކުގެ މަސައްކަތްތައް ސުޕަވައިޒްކޮށް، ގާތުން ބެލެހެއްޓުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާވުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ރާއްޖޭގައި ކަޅުބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކާ މައްސަލަ ހައްލުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ގަވާއިދާ ހިލާފަށް އަމަލުކުރި ބައެއް މަނީ އެކްސްޗޭންޖަރުންގެ ލައިސަންސް ވެސް އެމްއެމްއޭއިން ދާދި ފަހުން ވަނީ ބާތިލްކޮށްފައެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް