0 comments 21 views
ރިސޯޓްތަކަށް ލިބުނު އާމްދަނީ މިދިޔަ އަހަރު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ
4 އޭޕްރީލް 2024 (ބުރާސްފަތި)   17:05
މިދިޔަ އަހަރު ރިސޯޓުތަކަށް ލިބުނު އާމްދަނީން 529 މިލިއަން ޑޮލަރު (އަށް ބިލިއަން ރުފިޔާ) މަދު ވެއްޖެ އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ހެދި ރިޕޯޓެއް ދައްކާ ގޮތުން މިދިޔަ އަހަރު ރިސޯޓުތަކުން ޖުމްލަ 3.9 ބިލިއަން ޑޮލަރު (60 ބިލިއަން ރުފިޔާ)ގެ އާމްދަނީއެއް ލިބިފައިވެ އެވެ. ރިސޯޓުތަކަށް 2022 ވަނަ އަހަރު ވަނީ 4.4 ބިލިއަން ޑޮލަރު (68 ބިލިއަން ރުފިޔާ)ގެ އާމްދަނީއެއް ލިބިފަ އެވެ.

ރިސޯޓުތަކުގެ އާމްދަނީ ދަށްވި އިރު ރާއްޖޭގެ މުޅި ޓޫރިޒަމް ދާއިރާގެ ވިޔަފާރި އަށް ލިބުނު އާމްދަނީ ވެސް މިދިޔަ އަހަރު ވަނީ 406 މިލިއަން ޑޮލަރު (6.3 ބިލިއަން ރުފިޔާ) ދަށްވެފަ އެވެ. މިދިޔަ އަހަރު ޓޫރިޒަމް ދާއިރާ އަށް ވަނީ ފަސް ބިލިއަން ޑޮލަރު ވަދެފަ އެވެ. ޓޫރިޒަމް ދާއިރާ އަށް 2022 ވަނަ އަހަރު 5.4 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައި ވެ އެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް