0 comments 87 views
އެސްއެމްއީތަކަށް ބޭރުން ސީދާ ޑޮލަރުން ފައިސާ ލިބޭނެ އިންތިޒާމު ސަރުކާރުން ބީއެމްއެލްއާ ގުޅިގެން ހަމަޖައްސައިފި
25 އޮކްޓޯބަރ 2026 (އާދީއްތަ)   13:54
ދިވެހިރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ފޯރުކޮށްދޭ މުދަލާއި ޚިދުމަތްތަކަށް ރާއްޖެއިން ބޭރުގެ ފަރާތްތަކުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ފޯރުކޮށްދޭ މުދަލާއި ޚިދުމަތްތަކަށް ރާއްޖެއިން ބޭރުގެ ފަރާތްތަކުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމައިފިއެވެ.

މި ޚިދުމަތަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ގުޅިގެން ވިޔަފާރިތަކަށް ފަހިކޮށްދޭ އަގުހުރި ފުރުސަތެއް ކަމަށް ގައުމީ ބޭންކުން މައުލޫމާތުދެއެވެ.

މި އިންތިޒާމުގެ ދަށުން، ބައިނަލްއަގުވާމީ ބާޒާރަށް މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭރުގެ ކަސްޓަމަރުން ފައިސާ ދެއްކުމުން، ސީދާ އެމެރިކާ ޑޮލަރުން އެ ފައިސާ ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ.

މި އައު ޚިދުމަތުގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައް ކުރުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި އެ ފަރާތްތަކުގެ ވިޔަފާރީގެ ދާއިރާ ރާއްޖެއިން ބޭރަށް ފުޅާކުރުމަށް މިކަމުގެ ސަބަބުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

އިކޮނޮމިކް މިނިސްޓްރީއާއި ބީސީސީއާ ގުޅިގެން ބީއެމްއެލް އިން އަމާޒު ހިފާފައިވަނީ 1 ނޮވެންބަރު 2026 އިން ފެށިގެން މި ޚިދުމަތް ރަސްމީކޮށް ދޭން ފެށުމަށެވެ. އަދި ވިޔަފާރިވެރިންނަށް މި ޚިދުމަތް ވީހާވެސް ލުއިފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ބޭންކުން މިހާރު ދަނީ ތައްޔާރީތައް ވަމުންނެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް