0 comments 7395 views
ފައްޔާޒު އިސްމާއީލް 19 މިލިޔަން ޑޮލަރުގެ ލޯނެއް ނުދައްކާ ފިލާގެން އުޅޭ މައްސަލައެއް ފެންމަތިވެއްޖެ
27 އޮކްޓޯބަރ 2026 (އަންގާރަ) 13:55
ކުރީގެ އޮކޮނޮމިކްސް މިނިސްޓަރ އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޓިކެޓް ހޯދުމަށް ކެމްޕޭން ކުރަމުން އަންނަ ފައްޔާޒު އިސްމާއީލް މެލޭޝިއާ ބޭންކަކުން ނަގާފައިވާ 19 މިލިޔަން ޑޮލަރުގެ ލޯނެއް ނުދައްކާ ފިލާގެން އުޅޭ މައްސަލައެއް ފެންމަތިވެއްޖެއެވެ. މިވާހަކަ ދައްކާފައިވަނީ މި ލޯނުގެ ގެރެންޓާއެއްގެ ގޮތުގައި ސޮއިކޮށްފައިވާ މުހައްމަދު ޝަފީގު އެވެ.
ފައްޔާޒު އިސްމާއީލް އާއިލާ ކުންފުނި ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ރިސޯޓެއް ހެދުމަށް މެލޭޝިއާ ބޭންކަކުން ނަގާފައިވާ 19 މިލިޔަން ޑޮލަރުގެ ލޯނު ނުދައްކާ ގިނަދުވަސް ވުމުން ޖޫރިމަނާ އާއިއެކު މިހާރު ވަނީ 24 މިލިއަން ޑޮލަރުއަރާފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ރިކޯޑްސްތައް ދައްކާގޮތުން ފައްޔާޒުގެ ކުންފުންޏަށް ދޫކޮށްފައިވަނީ ގދ. ލޮނުދުއަހުއްޓާ އެވެ.
އިތުރު ތަފުސީލު ހޯއްދެވުމަށް:
އެމްވީ ލީކްސް އަށް އެހީތެރިވެދެއްވާނަން ހާމަނުކޮށް USDT އިން ޑޮނޭޓްކުރައްވާ
ކޮމެންޓް





